ރޭ މ. ނިރުފެހި ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރޭ ހިނގި މި ހާދިސާއަކީ މިހާތަނަށް މާލޭގައި މިފަހުން ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއެވެ. މިހާތަނަށް ބިދޭސީންގެ ޖުމުލަ 10 މީހުން މިހާދިސާގައި މަރުވެފައިވާއިރު ބައެއް މީހުންނަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ޤާސިމް މިއަދު ވިދާޅުވީ، ރޭ މާލޭގެ ވެހިކަލް ގަރާޖެއްގައި ރޯވެ ބިދޭސީންތަކެއްގެ ފުރާނަ ގެއްލިދިޔަ އަލިފާނުގެ ހާދިސާގެ ހަބަރު އެއްސެވީ ފުން ހިތާމައާއިއެކުކަމަށެވެ.



އަދި އެ ނުރައްކާތެރި ހާދިސާގައި މިދުނިޔެ ދޫކުރި އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، އެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ރޭގެ ހާދިސާ ހިނގީ ގިނަ އަދަދެއްގެ ބިދޭސީން ތޮއްޖެހި ދިރިއުޅެމުން ދިޔަ ގެއެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން