މާލޭގައި ރޭ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގި ގެއަކީ ފުލުހަކު ކުއްޔަށް ހިފާފައިވާ ތަނެއްކަމަށް ބުނެ ފަތުރާ ޚަބަރު ފުލުހުންގެ ޚިދުމަތުން ދޮގުކޮށްފިއެވެ.

މާލޭގައި ރޭ 12:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ.ނިރުފެހި ގޭގައި ހުންނަ ގަރާޖެެއްގައެވެ. އެ ހާދިސާގައި 10 ބިދޭސީއަކު ވަނީ ނިޔާވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ގެއަކީ ވެހިކަލް މަރާމާތުކުރާ ގަރާޖަކާއި ބިދޭސީންގެ ލޭބާ ކުއާޓަރެއް ހުންނަ އިމާރާތެކެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ އެ ގެއަކީ ފުލުހަކު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށް ބުނެ ބައެެއް ނޫސްތަކުގައި ދައުރުވާމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުން ދިރިއުޅެމުން ދިޔަ ފްލޯއަކީ ފުލުހަކު ކުއްޔަށް ނެގުމަށްފަހު، ބިދޭސީންނަށް ކުއްޔަށް ދީފައިވާ ތަނެކެވެ. ފުލުހުންގެ މަތީ ރޭންކެއްގެ ފުލުހަކު އެތަން ކުއްޔަށް ހިފުމަށް ފަހު ބިދޭސީންނަށް ވަކިވަކިން "ކޮޓަރިތައް" ކުއްޔަށް ދީފައިވާ ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ފުލުސް މީހާ އެތަނުން ކޮންމެ ކޮޓަރިއެއް ބިދޭސީންނަށް ކުއްޔަށް ދީފައި ވަނީ -/2200 ރުފިޔާއަށް ކަމަށް ބައެެއް މީޑިޔާތަކުގައި ބުނެފައިިވެއެެވެ

'

"'އެތަން ކުއްޔަށް ހިފާފައިވަނީ ފުލުހެއް ނޫންކަން މި ޚިދުމަތުން ކަށަވަރުކޮށްދެމެވެ." މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން