އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާއެކު އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓާއެކު ގައުމީ ތަރައްގީގައި އިޖްތިމާއި ކަންކަމަށް ކުރިމަތިވާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމަށެވެ.

ސައުދު ވިދާޅުވީ ކޯވިޑްގެ ހާލަތުގައިވެސް ސަރުކާރުން ކަންކަން މެނޭޖްކުރީ ވަރަށް ހަރުދަނާކޮށް ކަމަށެވެ. އަދި އެކަމަށް އެކި ފަރާތްތަކުން ތައުރީފްކުރައްވާކަންވެސް އޭނާ ފާހަގަކުރެއްވިއެެވެ.



ސައުދު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއެކު، ކޯވިޑްގެ ކުރިން އިގްތިސާދު އޮތް ހިސާބަށް ގެންދެވޭނެ ވަރަށް އިގްތިސާދު ކުރިއަރާނެކަމަށެވެ.

ސައުދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުންތަކާއެކު އޭޝިޔާގައި އެންމެ ބާރަށް ކުރިއަރާ އިގްތިސާދަކީ ރާއްޖެމޭގެ އިގްތިސާދުކަން ސާބިތުކޮށްދޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ނުރަބޯ

12-Nov-2022

ދޮންކަލޯ. އަދި އޭގެ ދެގުނަ ދިނަސް މިސަރުކާރުން އެ ހިންގާ ބޮޑެތި އިސްރާފު ތައް ހުއްޓާނުލައެއް ތިޔަކަމެއް ނުވާނެ.



ޓްރެންޑިން