ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރަން މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ރޭ ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރުމަށްޓަކައި ފުލުހުންގެ އިދާރާ ބައްޓަން ކުރަންޖެހޭ ގޮތުގެ ފުރިހަމަ އޮނިގަނޑެއް މިހާރުވަނީ އެކުލަވާލެވިފައި ކަމަށެވެ.

އެގޮތުން ފުލުހުންގެ އިދާރާގައި އެކި ރޭންކްތަކުގައި ތިބެންޖެހޭ ފުލުހުންގެ އަދަދާއި މުޅި މުއައްސަސާގައި ތިބެންޖެހޭ ފުލުހުންގެ އަދަދު ދެނެގަތުމުގެ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ފުލުހުންގެ ކޮމާންޑިން އޯޑަރުތައް އޮންނަ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި، އެކަމުގެ ގިނަ މަސައްކަތްތަކެއް މި އަހަރުވެސް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

"ފުލުހުންގެ އެތެރޭގެ ހިންގުމުގެ ނިޒާމު، އޭގެ ޒާތަށް ހަރުދަނާ ކުރެވުން އެއީ އަޅުގަނޑު ހިތުން އެންމެ ބޮޑު އެއް ކުރިއެރުންކަމުގައި އަޅުގަނޑު ބަލައިގަންނަން." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، މި ސަރުކާރު އައިފަހުން ފުލުހުންގެ އިދާރާގެ ވެރިންގެ މެދުގައި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކުރެވިފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން