ރާއްޖެ އަންނަ ބިދޭސީންނަށް ރާއްޖޭގެ ގާނޫނުތައް ކިޔައިދޭންޖެހޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްްޓްރީން މިހެން ބުނެފައި މިވަނީ ރާއްޖެ އަންނަ ބައެއް ބިދޭސީ މަސައްކަތްތެރިންނާއި ފަތުރުވެރިންގެ ކިބައިން ރާއްޖެގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާ މަންޒަރުތައް ފެންނަމުންދާ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.



އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލަރ އެއްގައި ބުނީ ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެ އަންނަ ބިދޭސީން އެމީހުންގެ ދީނީ ޝިއާރު ފާޅުކުރުމާއި އެކަންކަމުގައި ދިވެހިން ބައިވެރިވުމަކީ މަނާކަމެއްކަމަށެވެ. އަދި ރާއްޖޭގައި އުޅޭއިރު އާއްމު އިޖްތިމާއި މިންގަނޑާއި ހިލާފު ނުވާ ފަދަ ހެދުން އަޅަން އެ މީހުންނަށް އިރުޝާދުވެސް ދޭންޖެހޭނެކަމަށް އެ ސަރކިއުލަރގައިވެއެވެ.

އެހެންކަމުން ރާއްޖެއިން ބޭރުން މީހުން ގެންނަ ފަރާތްތަކުން މިކަންކަން ސަމާލުކަންދީ، މި އިރުޝާދުތައް ދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން