އަހުމަދު މަސްނޫމް   13 ނޮވެމްބަރު 2022 - 16:44
ހަސަން ކުރުސީގެ ނަމުގައި ޓްވިޓަރގައި އެކައުންޓެއް ހަދައިގެން ވާހަކަ ދައްކަނީ އެމަނިކުފާނު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ހަސަން ކުރުސީގެ ނަމުގައި ޓްވިޓާގެ ވާހަކަދައްކަވަނީ ރައީސް ނަޝީދުކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެފައި ވަނިކޮށެވެ. އަދި ހަސަން ކުރުސީގެ ނަމުގައި ޓްވީޓްކުރާ ފަރާތާއި ރޮޒައިނާއާ ދެމެދު ހޫނު ޒުވާބުތައްވެސް މީގެ ކުރިން ހިނގާފައި އެބަހުއްޓެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނު މީގެކުރިން ލިޔުއްވި ބައެއް ލިޔުންތަކުގައި އުޅޭ ހިޔާލީ ޝަހުސިއްޔަތެއްކަމަށެވެ.



"އޭނާއަކީ އަޅުގަނޑުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއް ކަމަށް ދަންނަވަން އުނދަގޫ. އެހެނަސް އޭނާއަކީ ޖިސްމާނި ގޮތުން އަޅުގަނޑެއް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ލިޔުމަކުން އުފެދުނު ޝަހްސެއް މިދަރަޖައަށް ދިރިގެންދާކަމީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފަލެއްކަމަށެވެ. ނަމަވެސް ހަސަން ކުރުސީގެ ނަމުގައި ސޯޝަލް މީޑިއާގައި ޓްވީޓްކުރަނީ އެމަނިކުފާނު ނޫންކަމަށް ޔަގީންކަމާއެކު ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން އެލެކްސް އަހުމަދުގެ ނަމުގައި ޓްވީޓްކުރި ފަރާތަކީ ރައީސް ނަޝީދުކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކަމުން ދަނިކޮށް ރައީސް ނަޝީދު ވަނީ އެއީ އެމަނިކުފާނުގެ އެކައުންޓެއްކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން