ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 5 ސްކޫލް އަޅަން ބިން ހަވާލުކޮށްފިއެވެ.

މިއަދު ބިން ހަވާލުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރާ 4 ސްކޫލާކާއި، އަމިއްލަ ފަރާތަކާ ޙަވާލުކޮށްގެން އަޅާ ސްކޫލެއްގެ ބިމެކެވެ.

މިކަމުގެ އެސްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.



މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމެވެ.

ސަރުކާރުން އަލަށް ތަރައްޤީކުރާ 4 ސްކޫލް އަޅަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ. އަދި މި ސްކޫލްތައް ތަރައްޤީކުރުމަށް ބިން ދޫކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މެދުތެރެއިންނެވެ.

މި ޕްރޮޖެކްޓްގެ ޢަމާޒަކީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް މިހާރު ދިރިއުޅުން ބަދަލުކޮށްފައިވާ އާއިލާތަކާއި، ކުރިއަށްހުރި މަޝްރޫޢުތަކުގައި ދިރިއުޅުން ބަދަލުކުރާ އާއިލާތަކުގެ ދަރިވަރުންނަށް ތަޢުލީމު ޙާޞިލުކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމެވެ.

4 ސްކޫލް ތަރައްޤީކުރުމަށް 50000 އަކަފޫޓުގެ ދެ ބިމާއި، 66000 ގެ ބިމަކާއި 70000 އަކަފޫޓުގެ ބިމެން ދޭން ވަނީ ކަނޑައަޅާފައެވެ.

އެޗްޑީސީން ބުނީ މި ސްކޫލްތަކާއެކު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 10 ސްކޫލެއްގެ މަސައްކަތް ވަނީ ފެށިފައިކަމަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ ސްކޫލްތަކަކީ، 1000 ދަރިވަރުންގެ ޖާގައިގެ ސްކޫލްތައްކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މީގެކުރިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން