ކުރީގެ އެއްވެސް ސަރުކާރަކުން ރާއްޖޭގެ ރަށްރަށުގައި އެއްވެސް ބޮޑު ދަނޑެއް އަޅާފައި ނެތްކަމަށާއި ނަމަވެސް މި ސަރުކާރުން މިހާތަނަށް 40 ރަށެއްގައި 40 ބޮޑު ދަނޑު އަޅާފައިވާކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ، ދުވަހަކުވެސް ސަރުކާރަކުން ނުކުރާވަރަށް ކުޅިވަރުގެ ދާއިރާއަށް މަސައްކަތް ކޮށްދެވިއްޖެ ކަމަށާއި ބޭނުންވާ ނަތީޖާ ނެރެވިއްޖެ ކަމަށެވެ.

މަހްލޫފް ވިދާޅުވީ، ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި ކުޅިވަރުގެ ދާއިރާއިން، ޒުވާނުންނާ ގުޅޭ ދާއިރާތަކުން އަދި ޖަމިއްޔާތަކާއެކީ މިކުރާ މަސައްކަތްތަކުގެ ދާއިރާއިން ބަޔަކު ނުކުރާވަރަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވާނޭ ކަމަށެވެ.

"މީގެ ކުރީގައި ޔޫތު މިނިސްޓްރީ ފެންނާނީ ވަރަށް ކުޑަ މިނިސްޓްރީއެއްގެ ގޮތުގައި، މުހިންމުކަމެއް ސަމާލުކަމެއްވެސް ނުދެވި އޮންނާނީ. ނަމަވެސް މިއަދު ޕްލޭނިން މިނިސްޓްރީ ނަގާފައި އެންމެ ގިނަ ޕީއެސްއައިޕީ މަޝްރޫއު ހިންގާ މިނިސްޓްރީއަކީ ޔޫތު މިނިސްޓްރީ. އެއީ އަޅުގަނޑުމެނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފު ވިދާޅުވީ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން އަތޮޅުތެރޭގައި އެޅި އެއްވެސް ބޮޑު ފުޓުބޯޅަ ދަނޑެއް ނޯންނާނެ ކަމަށެވެ. އެގޮތުން މި ސަރުކާރުން 40 އަށްވުރެ ގިނަ ބޮޑު ދަނޑު އަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އުންމީދަކީ ރިޔާސީ އިންތިހާބުގެ ކުރިން ފަންސާހަކަށްވުރެގިނަ ދަނޑުގެ މަސައްކަތް ނިންމާލުން ކަމަށާއި މިހާރުވެސް އައްޑިހައަށްވުރެ ގިނަ ދަނޑުގެ މަސައްކަތް ކުރިއަށް އެބަ ދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން