ހުޅުމާލޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ލަގްޒަރީ ހައުސިންގ ޕްރޮޖެކްޓް،، އަސޭރިއާ ޕްރިމިއަމް ވިލާގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ބެޗް ކޮންސްޓްރަކްޝަނާ ދެމެދުއެވެ.

"އަސޭރިއާ" ޕްރިމިއަމް ވިލާ ތަރައްޤީކުރުމަށް ބޭނުންވާ ބިން ދޫކުރުމުގެ އެއްބަސްވުމުގައިި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އަދި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދެވެ.

ލަގްޒަރީ ހައުސިންގއަށް ޚާއްސަ މި ޕްރޮޖެކްޓް ކުރިއަށްގެންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، އެޗް.ޑީ.ސީން ތަރައްޤީކުރަން ނިންމާފައިވާ ޓުއަރިޒަމް އައިލެންޑާއި ކައިރި ބިމެއްގައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބެޗް ކޮންސްޓްރަކްޝަނަށް ވަނީ 300000 (ތިން ލައްކަ) އަކަފޫޓުގެ ބިމެއް ޙަވާލުކޮށްފައެވެ.

މި މަޝްރޫޢުގައި ރާއްޖެއަށް އަލަށް ބީޗް ފްރަންޓް ހޯމް, ޓައުންހައުސް އަދި ޑުޕްލެކްސް ޓައުންހައުސް ތަޢާރަފް ކުރެވޭނެއެވެ. މިގޮތުން ކޮންމެ ޔުނިޓެއްގައި 2000 އަކަފޫޓު ހުންނާނެއެވެ. އަދި މި އިމާރާތް ހުންނާނީ 1200 އަކަފޫޓުގެ ޖާގަ އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެހެން ފަރުމާ ކުރެވިފައެވެ.

މީގެ އިތުރުން، ސެމީ ގާރޑެޑް ސެކުއިރިޓީ، ޕްރައިވެޓް ނެއިބަރހުޑް، ރެސިޑެންޓް ބަގީޗާ، ގާރޑްރޫމް، ޕޮލިސް ޕޯސްޓް އަދި ކްލަބް ހައުސްގެ ޚިދުމަތްތައް މި ތަނުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި އެކްސްކްލޫސިވްކޮށް ލެޕް ޕޫލް، ޕޫލް ހައުސް، ވެލްނެސް ސެންޓަރ، ރިކްރިއޭޝަން ސެންޓަރ، މަލްޓި ޕަރޕަރސް އިވެންޓް ހޯލާއި، ކޮމަރޝަލް ކޮމްޕްލެކްސްގެ ޚިދުމަތްވެސް މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަޝްރޫޢުއާއެކު ލަގްޒަރީ ލިވިންގ ތަޢާރަފްވުމުގެ އިތުރުން 100 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން