މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ގުޅޭ ބިލު މަޖިލީހަށް ހުށަހަޅަން ބަންޑާރަ ނައިބުގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޭނުންވާ އޮނިގަނޑު އެކުލެވޭ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުވާފައިވާކަމަށެވެ.



ބިލު ރައީސް އޮފީހަށް ފޮނުވާފައިވާއިރު މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ ބިލެއް މިހާރު މަޖިލީހަށް ފޮނުވާފައިވާކަމަށް ޖުމްހޫރީ ދުވަހުގެ މުނާސަބާތުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.



ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، "އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް" ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވާފައިވާކަމަށެވެ. މިއީ މަސައްކަތުގެ މާޙައުލުގާ ހަރަކާތްތެރިވާ ހުރިހާ ފަރުދުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޤާނޫނެއްކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކުރެއްވިއެވެ.

މިފަދަ ބިލެއް ހުށަހެޅުމުގެ މަސައްކަތް ކުރާއިރު. މިފަހުން މާލޭގައި ހުރި ބައެއް ގަރާޖާއި ވޯކްޝޮޕްތަކުގައި ވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން