ދާދިފަހުން ސަލާމަތީ ބާރުތަކުން ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނުގައި ފެއިލްކޮށްލީ ގިނަ ބަޔަކު މަރާލަން ދޭން އުޅުނު ޓެރަރިޒަމްގެ ހަމަލާއެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިކަން ހާމަކޮށްފައިވަނީ ފުލުހުން އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ޓެރަރިޒަމް އެންޑް ވަޔަލަންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އުސްވަތު އަޙްމަދު ވިދާޅުވީ މި ހަމަލާއަކީ އައިއެސް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ދޭން އުޅުނު ހަމަލާއެއް ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނުރައްކާތެރި އެއްޗެހި ގޮއްވާލައިގެން ގިނަ ބަޔަކު މަރާލަން ރާވާފައިވާކަން ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުސްވަތު ވިދާޅުވީ ހައްޔަރުކުރި 14 މީހުންގެ ތެރެއިން 9 މީހުންނަކީ ޓެރަރިޒަމްގެ މައްސަލައިގެ ރެކޯޑް އޮތް މީހުންކަމަށެވެ. އަދި އެމީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި މިހާތަނަށް އައްޑޫއަށް ނިސްބަތްވާ 14 މީހަކު ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ ކ. ގުރައިދޫންނެވެ. އަނެއް މީހާ ހައްޔަރުކުރީ މާލެއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން