ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކޮށް ހަރުދަނާ ކުރުމަށް ތަހުގީގުތަކެއް ކުރެވި، މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިލާތުގެ އިއްތިހާދުން ބުނެފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އޮތް ހާލަތު ބަޔާންކޮށް ވިލާތުގެ އިއްތިހާދުން އާންމު ކުރި ރިޕޯޓް ގައި ވަނީ، ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފުކޮށްފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކަށް ކުރި ކެމްޕޭންތަކުގައި ވެފައިވާ ވަޢުދުތަކާއި އެއްގޮތަށް ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ހަރުދަނާ ތަހުޤީޤުތަކެއް ކުރެވި، މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ވިލާތުގެ އިއްތިހާދުން ވަނީ ބުނެފައެވެ.
ހަމައެއާއެކު، ރާއްޖޭގެ ސިޔާސީ އަދި އިންސާނީ ހައްގުތަކުގެ ހާލަތު ހެޔޮ ފާލަށް އެޅުވުމަށް ގާނޫނުތަކެއް އެކުލަވާލުމުގެ އިތުރުން ގާނޫނީ އިސްލާހުތަކެއްވެސް ގެނެސްފައިވާކަން ވިލާތުގެ އިއްތިހާދުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ރާއްޖެއަކީ ލާއިންސާނީ އަނިޔާ ދިނުމާ އިންސާނީ ދަށު ދަރަޖައިގެ އަދަބު ދިނުމާ ދެކޮޅަށް އެކުލަވާލާފައިވާ މުއާހަދާގައި ސޮއިކޮށްފައިވާ ޤައުމެއް ކަމަށާއި، މި ކަންކަމުގެ ސަބަބުން ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށްކަން އެނގިގެން ގޮސްފައިވާ ކަމުގައި ވިލާތުގެ އިއްތިހާދުގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އަދި ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދެވޭ ކަމަށް ބުނެ ކުރެވުނު ރިޕޯޓްތަކަކާ ގުޅިގެން، އދގެ ސްޕެޝަލް ރެޕަޗުއާ އޮން ޓޯޗާ، ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖެއިން އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމާއި، ޖަލުތަކުގައި ތިބޭ މީހުންގެ ކަރާމާތަށް އިސްކަންދޭ މިންވަރު އެނގިގެން ގޮސްފައިވާ ކަން އީޔޫގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އީޔޫގެ މި ރިޕޯޓަކީ، 2019 ވަނަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އޮތް ހާލަތު ބަޔާންކޮށް އާންމު ކޮށްފައިވާ ރިޕޯޓެކެވެ.

ކިޔުންތެރިންގެ ހިޔާލު