މެލޭޝިއާގެ އެއާޕޯޓެއްގައި ސިކިއުރިޓީ އޮފިސަރަކު މާސްކް އަޅައިގެން
މެލޭޝިއާގެ އެއާޕޯޓެއްގައި ސިކިއުރިޓީ އޮފިސަރަކު މާސްކް އަޅައިގެން
ޕުޓްރަޖާޔާ- ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ބަންދުކޮށްފައިވާ މެލޭޝިއާގެ ބޯޑަރު 6 ގައުމެއްގެ މީހުންނަށް ހުޅުވާލުމާއި ބެހޭ ވާހަކަތައް ފަށައިފިއެވެ.

މެލޭޝިއާގެ ހެލްތް ޑިރެކްޓަރ ޖެނެރަލް ޑރ.ނޫރް ހިޝާމް ވިދާޅުވެފައިވާ ގޮތުން ބޯޑަރު ހުޅުވާލަން ހަމަޖެހިފައިވާ، ކޯވިޑްގެ ދަރަޖައިން ބަލާ "ފެހި" ހަ ގައުމުގެތެރޭގައި ހިމެނެނީ ސިންގަޕޫރު، ބުރުނާއީ، އޮސްޓްރޭލިއާ، ނިއު ޒީލޭންޑް، ޖަޕާން އަދި ސައުތު ކޮރެއާއެވެ.

ޑރ.ހިޝާމް ވިދާޅުވެފައިވަނީ ގައުމުގަކުގެ މެދުގައި މިކަމާއި ބެހޭ ވާހަކަތައް ފަށާފައިވާކަމަށާއި، އަދި ގައުމުތަކުން އަމަލުކުރަންޖެހޭގޮތުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާސް ތައް އެކުލަވާލައި، އެއްބަސްވުމަކަށް އަންނަން މަސައްކަތް ކުރަމުންދާކަމަށެވެ. މިގޮތުން އެއްބަސްވުމަކަށް އާދެވިއްޖެނަމަ، އިގްތިސާދީ އަދި ތައުލީމީ ހަރަކާތްތައް ފެށިގެންދާނެކަމަށްވެސް ޑ.ހިޝާމް ވިދާޅުވިކަމަށް ދަ ސްޓަރ ވެބްސައިޓުގައި ރިޕޯޓް ކޮށްފައިވެއެވެ.

އޭޝިއާގައި އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ އެއް ގައުމުކަމުގައިވާ ސިންގަޕޫރު ލިސްޓުގައި ހިމެނިފައިވާތީ ކުރެވެނު ސުވާލަށް ޖަވާބުދެއްވަމުން ޑރ.ހިޝާމް ވިދާޅުވެފައިވަނީ ބޯޑަރު ހުޅުވާލާނީ ސިންގަޕޫރު ރައްޔިތުންނަށް އެކަނި ކަމަށައި މެލޭޝިއާ އެކޭ އެއްގޮތަށް ސިންގަޕޫރުގައިވެސް ބަލި ފެތުރިފައިވަނީ ބޭރު ގައުމުތަކުން އައިސް ތިބި މަސައްކަތުމީހުންގެ މެދުގައި ކަމަށެވެ.

ފަހަކަށް އައިސް މެލޭޝިއާގައި އަންނަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދެމުންނެވެ. އެގޮތުން އެ ގައުމުން ހަދާފައިވާ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ އާއި އެއްގޮތަށް ބައެއް ފަރާތްތަކަށް އެގައުމަށް ދަތުރުކުރުމުގެ ހުއްދަވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން