ކަޓްސޫކީ އަދި އަންރީ ކަވާއީ
ކަޓްސޫކީ އަދި އަންރީ ކަވާއީ
ޖަޕާނުގެ ކުރީގެ ޖަސްޓިސް މިނިސްޓަރު ކަޓްސޫކީ ކަވާއީ އާއި ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ފުރުއްވަމުން ގެނދަވާ އޭނާގެ އަނބިކަނބަލުން އަންރީ ކަވާއީ ވޯޓް ގަތް ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އަންރީ ކަވާއީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވުމަށް މަގުފަހިކުރުމުގެ ގޮތުން، ޖަޕާނުގެ އެކި އެކި ސިޔާސީ ފަރާތްތަކަށް 25 މިލިޔަން ޔެން ނަގުދު ފާއިސާއިން ދެއްވާފައިވާ ކަމަށް ކިޔޯޑޯ ނިއުސް އިން ރިޕޯޓު ކޮށްފައިވެއެވެ. އޭނާ މި ތުހުމަތު ދޮގު ކުރައްވަމުން ވިދާޅުވެފައިވަނީ އޭނާގެ ކެންޕެއިނަށް، ވެރިކަން ކުރާ އެލްޑީޕީ އިން 150 މިލިޔަން ޔެން ދީފައިވާ ކަމަށާއި އެހެންނަމަވެސް އެ ފާއިސާއިން ގާނޫނާ ހިލާފު އެއްވެސް ކަމެއްކުރައްވާފައި ނުވާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ވެރިކަންކުރާ އެލްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ވޯޓު ހޯދަން ހިތްވަރުދިނުމުގެ ގޮތުން ދެވޭ ފާއިސާ އަކީ ވޯޓު ގަތުން ކަމުގައި ބަލަންފަށައިފިނަމަ، އެކަމުގެ އުނދަގޫ ކުރިމަތިވާނެ ވަރަށް ގިނަ މަޖިލިސް މެމްބަރުން ތިއްބަވާނެ ކަމަށެވެ.

ޖަޕާނުގެ ޕޮލިޓިކަލް ފަންޑްސް ކޮންޓްރޯލް ގާނޫނުގެ ދަށުން ސިޔާސީ ފަރާތްތަކަށް ފަންޑުކުރާނެގޮތް ކަނޑައެޅިފައިވާއިރު އަންރީ ކަވާއީގެ ކެންޕެއިނަށް ހަރަދުކޮށްފައިވާ އަދަދު ތަކަކީ އާދަޔާ ހިލާފަށް ބޮޑެތި އަދަދުތަކެއް ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން