ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަޤާމު އެންމެ ފަހުން ހޯދި ފްރާންސްގެ ތަރި ކަރީމް ބެންޒީމާގެ ނަން ކިޔަންޖެހޭގޮތް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެދެއްވައިފިއެވެ.

ރައީސް މައުމޫން މިމޭރުމުން ޚިޔާލުފާޅުކުރަށްވާފައިވަނީ މިރޭ ފެށޭ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއަކާ ގުޅިގެން ބެންޒީމާ އަށް ވޯލްޑްކަޕް ނުކުޅެވޭނެކަމަށް ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހު ވަގުތު ބެންޒީމާ އަށް ވޯލްޑްކަޕްގައި ކުޅުމުގެ ފުރުސަތު ގެއްލިފައިވާއިރު މައުމޫން ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް ވޯލްޑްކަޕްކުޅޭ ޓީމްތަކުގެ ނަންތަކާއި ކުޅުންތެރީންގެ ނަންތައް ރަނގަޅަށް ބޭނުން ކުރެއްވުން ވަރަށް މުހިންމު ކަމަށެވެ.

“މިސާލު: ބެންޒީމާ. ބެންޒެމާ އެއް ނޫން.” މައުމޫން ވިދާޅުވެފައިވެއެވެ.

ހޮނިހިރު ދުވަހުގެ ޕްރެކްޓިހުގައި އުޅެނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ބެންޒީމާއަށް ވޯލްޑްކަޕްގައި ނުކުޅެވޭނެ ކަން ރޭ ފްރާންސުން ރަސްމީކޮށް އިއުލާން ކުރިއިރު، ފްރާންސްގެ ފުރަތަމަ މެޗު އޮންނާނީ ބުދަ ދުވަހުއެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ހިމެނިފައިވަނީ ޓިއުނީޝިއާއާ ޑެންމާކު އަދި އޮސްޓްރޭލިއާއާއެކު ގްރޫޕް ޑީ ގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން