ހުޅުމާލޭ ސަހަރާގެ ބިމު އަޑީގެ ފެންފަށަލަ އުފުލި، ކަށްވަޅުތަކުން ފެން ނުހިނދޭ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ސަހަރާގައި މީހުން ވަޅުލުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މިއަދު ހެނދުނު މާލެއާއި ހުޅުމާލެއަށް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުއިރު މާލެ ސިޓީ ކައުންސިލުން ބުނީ ހުޅުމާލެ ސަހަރާގެ ބިމުން ފެންގަނޑު ހިނދޭ ގޮތް ނުވާކަމަށެވެ. އަދި ވަޅު ކޮންނަ ވަގުތު ކަށްވަޅުތަކުގެ ތެރޭގައި ގާތްގަނޑަކަށް 6 އިންޗި އާއި 7 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ސިޓީ ކައުންސިލުގެ މި ނިންމުމާ ގުޅިގެން، ހުޅުމާލޭގައި ނިޔާވާ މީހުން ވަޅުލުމުގެ އިންތިޒާމުތައް މިހާރު ވަނީ މާލޭގެ އާސަހަރާއަށް ބަދަލުކޮށްފައެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ޖަނާޒާގެ ކަންކަން ކުރިއަށްދާނީ މާލޭ އާސަހަރާ މިސްކިތުގައެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހިއްޖެނަމަ ހުޅުމާލެ ސަހަރާގައި ފެންބޮޑުވުމަކީ އަބަދުވެސް ދިމާވާ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލައަށް ދާއިމީ
ހައްލެއް ހޯދުމުގެ ގޮތުން ފެން ހިންދާ ނިޒާމު ހަރުދަނާކުރުމަށާއި، ބިމުގެ ފެންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ވެސް މާލެ ސިޓީ ކައުންސިލުން ތަފާތު މަސައްކަތްތަކެއް ވަނީކޮށްފައިއެވެ.
ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލުކޮށް، ހުޅުމާލޭ ސަހަރާއިން އަލުން ޚިދުމަތް ދޭން ފެށުމަށެވެ.

ކިޔުންތެރިންގެ ހިޔާލު