ސަރުކާރުން ސިޔާސީ މަގާމަކަށް އައްޔަންކުރާ ބޭފުޅަކާއި ގުޅޭގޮތުން މައްސަލައެއް ފެންމަތިވެއްޖެނަމަ އެކަން ބަލާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން މިހެން ވިދާޅުވީ، ޑެޕިއުޓީ މިނިސްޓަރުގެ މަޤާމަށް އިއްޔެ އައްޔަންކުރި ބޭފުޅަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހަބަރުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ބޭފުޅާކަމަށް ބެލެވޭ މީހެއްގެ "ފެންނަން ނުޖެހޭ" ޒާތުގެ ފޮޓޯއެއް ވަނީ ލީކުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން މިއުވާން ވިދާޅުވީ ސިޔާސީ މަޤާމުތަކަށް ބޭފުޅުން އައްޔަންކުރަނީ ކުށުގެ ރެކޯޑް ބެލުމަށްފަހުކަމަށެވެ. އަދި އެއްވެސް މައްސަލައެއް އޮތްކަމުގައިވާނަމަ އެ ބޭފުޅަކު މަޤާމަށް އައްޔަން ނުކުރައްވާނޭކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

"އޭގެފަހުން އެފަދަ ކަމެއް އުޅޭނަމަ، އެކަމަކާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލާ ފިޔަވަޅު އަޅާނެ." މިއުވާން ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް މަޝްހޫރު ވެގެންދިޔަ "އަލަމްގިރި" މައްސަލާގައި ވެސް ވަނީ ބައެއް ސިޔާސީ މީހުންނާއި އާއްމު ބައެއް މީހުންގެ ބަދުއަހުލާގީ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯތަކެއް އާއްމުވެފައެވެ. އެ މައްސަލަަތަކާއި ގުޅިގެންވެސް ސަރުކާރުން ވަނީ ބައެއް މަޤާމުތަކުގައި ތިބި ބޭފުޅުންނަށް ފިޔަވަޅު އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޞައްދާމު

25-Nov-2022

ކިހާވަރެއްވީމާތޯ ފެންމަތިވީ ކަމަށް ބަލަނީ?



ޓްރެންޑިން