ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމުކޮށްގެން މުލަކަތޮޅު މަޑުއްވަރީގައި ބާއްވާ ސީޔޫ ޗެމްޕިއަންޝިޕްގައި މިއަހަރު 5 ޓީމަކުން ބައިވެރިވެފައިވާ ކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.
ދިއްގަރު ދާއިރާއަށް ހުޅުވާލައިގެން ބާއްވާ އެންމެބޮޑު ފުޓްސަލް މުބާރާތް “ސީޔޫ ޗެމްޕިއަންޝިޕް 2022” ކުރިއަށް ގެންދާނީ މ. މަޑުއްވަރީ ފުޓްސަލް ދަނޑުގައެވެ. މިއީ މުބާރާތް ބާއްވާ 2 ވަނަ އަހަރެވެ.
ސީޔޫ ޗެމްޕިއަންޝިޕް 2022 ގެ ނަމުގައި މިއަހަރު ބާއްވާ މި މުބާރާތުގައި ދިއްގަރު ދާއިރާގެ 3 ރަށަކުން ޓީމުތައް ބައިވެރިވެފައިވާ ކަމަށް ކްލަބްގެ ޗެއަރމަން އާދަމް ސުޢުބާން ވިދާޅުވިއެވެ.
މިއަހަރުގެ ޑިސެމްބަރ 22 ގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗް ކުޅުމަށް ޝެޑިއުލް ކޮށްފައިވަނީ ޑިސެމްބަރ 30 ގައެވެ. މި މުބާރާތުގައި މ. މަޑުއްވަރީގެ 3 ޓީމާއި މ. ދިއްގަރު ފުޓްސަލް ޓީމްގެ އިތުރުން މ. ވޭވަށު ފުޓްސަލް ޓީމް ވާދަކުރާނެއެވެ.
“މީ މިމުބާރާތް ބާއްވާ ދެވަނަ ފަހަރު. 2019 އަށްފަހު މުބާރާތް ނުބޭއްވި ދިޔައީ ކޯވިޑް-19 އަށްފަހު ކުރިމަތިވި އެކިކަހަލަ ގޮންޖެހުންތަކާ ގުޅިގެން. އަނެއްކާވެސް އެ ގޮންޖެހުންތަކުން އަރައިގަނެ އަޅުގަނޑުމެން މި ފެށީ. އިރާދަކުރެއްވިއްޔާ ދެން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މުބާރާތް އޮންނާނެ.” ސުޢުބާން ވިދާޅުވިއެވެ.
ސީޔޫ ޗެމްޕިއަންޝިޕަކީ ކްލަބް އަޕްރައިޒިންގެ ފަރާތުން އިންތިޒާމްކޮށް މ. މަޑުއްވަރީ ކައުންސިލުން އެންޑޯޒް ކޮށްފައިވާ މުބާރާތެކެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބްރަދަރސް އޮފް ދަ ގޭންގެވެ.

ކިޔުންތެރިންގެ ހިޔާލު