ކްރިމިނަލް ކޯޓު؛ ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގައިވެސް ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށް
ކްރިމިނަލް ކޯޓު؛ ޝަރުއީ ދާއިރާގެ ހުރިހާ ކޯޓުތަކެއްގައިވެސް ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށް
ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 2 ދުވަހަށް ކޯޓުގެ ޝަރީއަތްތައް މެދުކަނޑާލައިފިއެވެ.

އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޯޓު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، 21 އަދި 22 ޖޫން ގެ ޝަރީޢަތުގެ އަޑުއެހުންތައް ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަދި މި ދެ ދުވަހު ކޯޓު ހުޅުވައިގެން ޚިދުމަތް ނުދެވުނަސް، ބަންދާއިމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތަކާއި، ތަޙްޤީޤުކުރާ އިދާރާތަކުން އެކި ކަންކަމަށް ބޭނުންވާ އަމުރުތައް ނެރުމުގެ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށްޓަކައި ޤާޟީންނާއި މުވައްޒަފުން ގޭގައި ތިބެގެން ވާރޗުއަލްކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުން ބުނީ، ކޯވިޑް-19 އަށް ޕޮޒިޓިވްވި މުވައްޒަފާއި ސީދާ ކޮންޓެކްޓްވި މުވައްޒަފުންގެ ތެރެއިން، ކަރަންޓީންއަށް ދާންޖެހޭ މުވައްޒަފުން އެޗްޕީއޭ ގެ އިރުޝާދުގެ ދަށުން ބަލައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެޗްޕީއޭ އަންގާ ގޮތަށް އެކަން ކުރިއަށްދާކަން ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ބުނީ، ޖާގައިގެ ދަތިކަމާއެކުވެސް، ގައިދުރުކަން ބެހެއްޓުމަށްޓަކައި 15 ޖޫން 2020 އިން ފެށިގެން ޤާޟީންނާއި މުވައްޒަފުން ނުކުންނަނީ ދެ ދަންފަޅިއަކަށް ބަހައިގެން ކަމަށެވެ. އެގޮތުން ކޮންމެ ސެކްޝަނަކުންވެސް ބޭނުންވާ އެންމެ މަދު ޢަދަދެއްގެ މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާކަން ކޯޓުން ފާހަގަކޮށްފައިވެއެވެ. އެހެން ކަމުން މިހާރު ކޯޓުގައި އަމަލީގޮތުން އެހާ ގިނަ މުވައްޒަފުން ހަރަކާތްތެރިއެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން