ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި ތަރައްްޤީކޮށްފައިވާ 105 ރޯހައުސް ލިބުނު ފަރާތްތަކަށް ރޯހައުސްތައް ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކުޅުދުއްފުށީ ސިޓީގައި ރޯ ހައުސް އެޅުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ. އޭރު އިމާރާތްކުރަން ފެށީ 165 ރޯ ހައުސްއެވެ. ނަމަވެސް އޭގެތެރެއިން މަސައްކަތް ނިމިފައި ވަނީ 60 ރޯ ހައުސްގައެވެ.
ނުނިމި ހުރި 105 ރޯ ހައުސްގެ މަސައްކަތް ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ. އަދި މިދިޔަ އޭޕްރީލްމަހު ސަރުކާރުން ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ އެމަސައްކަތް ޙަވާލުކޮށްފައެވެ.
މި ރޯހައުސްތަކުގެ މަސައްކަތް ނިންމާ، ރޯހައުސްތައް ލިބުނު ފަރާތްތަކަށް ތަންތަން ޙަވާލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރަމުންނެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނީ ރޯހައުސްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާކަމަށެވެ. އަދި މިހާތަނަށް 27 ފަރާތަކަށް ތަޅުދަނޑި ޙަވާލުކޮށްފައިވާކަމަށާއި ކުޅުދުއްފުށީގައި ތަރައްޤީކުރާ ރޯހައުސްތަކުގެ ތެރެއިން މި ބުރުގައި 85 ފަރާތަކަށް ރޯހައުސް ޙަވާލުކުރެވޭނެކަމަށް ކައުންސިލުން ބުނެއެވެ.
ކުޅުދުއްފުށީގައި 165 ރޯހައުސް ތަރައްޤީކޮށްފައިވަނީ އެ ރަށުގެ ހިއްކި ސަރަޙައްދާއި، ޖަލާލުންދީން ސްކޫލު ކައިރީގެ އިތުރުން ހަސަނާތު މިސްކިތް ކައިރީގައެވެ.
ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވަނީ 3 ކޮޓަރީގެ ރޯހައުސްތަކެކެވެ. ކޮންމެ ރޯ ހައުސްއެއްވެސް ހުންނާނީ ދެ ފަންގިފިލާއަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މީގެ ކުރިން ދޫކުރި 60 ރޯހައުސްގެ ކުއްޔަކީ 3000 ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު