މި އަހަރުގެ ބަޖެޓަށް ބޭނުންވި ފައިނޭންސްގެ 95 އިންސައްތަ ހަމަޖެއްސިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އިންޑިއާއިން މިއަދު ލިބުނު 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާއާއެކު މި އަހަރުގެ ބަޖެޓަށް ބޭނުންވި ފައިނޭންސްގެ 95 ޕަސެންޓް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓަށް 17 ބިލިއަން ރުފިޔާގެ ފައިނޭންސް ހޯދާފަައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ލޯނާއި ހިލޭ އެހީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ. ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ރާއްޖެއިން ކުރިމަތިލަނީ އިންޑިއާގެ ބޮޑު އެހީތެރިކަމަކާއެކު ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވަނީ ރާއްޖޭގައި ހިންގާ އެންމެ ބިޔަ އުމްރާނީ ޕްރޮޖެކްޓްތަކަކީ އިންޑިޔާގެ ލޯނާއި އެހީގެ ދަށުން ކުރިއަށްދާ މަޝްރޫއުތައްކަން ފާހަގަކުރަށްވާފައެވެ. އެގޮތުން މާލެލއާއި ވިލިމާލެ އާ ދެމެދު އަޅާ ބްރިޖާއި ގުޅިފަޅުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް ޕޯޓާއި ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލާއި ސ. ގަމާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރަނީ އިންޑިޔާގެ ބޮޑު އެހީތެރިކަމާއެކު ކަމަށް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން