ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށްޓަކައި އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 100 މިލިއަން ޑޮލަރަކީ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދިވެހި ސަރުކާރުގެ ޓްރެޝަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެން އިންޑިއާއިން 100 މިލިއަން ޑޮލަރު ދިނުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރަށްވަމުންނެެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.



"ނެތެމުން ދިޔަ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް." މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރަައީސް ނަޝީދު ވަނީ އިންޑިޔާ އިން ރާއްޖެއަށް ދިން މިއެހީތެރިކަމަށް ޝުކުރު އަދާކުރަށްވާފައެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރާއެކުގައި ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި އިންޑިއާ އިން މިއަދު ވަނީ 100 މިލިއަން ޑޮލަރުގެ އެހީގެ ރަމްޒީ ޗެކް ރާއްޖެއާ ހަވާލުކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ އޮގަސްޓް މަހުގެ 1 އިން 4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި އެކު ކުރެވުނު މަޝްވަރާއެއްގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށެވެ. މި އެހީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ވިދާޅުވީ މި ފައިސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ، އިގްތިސާދު ހަލުވިކަމާއެކު ކުރިއެރުވުމުގެ މަސައްކަތް ފަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން