ރާއްޖެއަށް ބޭރުގައުމުތަކުގެ އެހީތައް ލިބެނީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ މާލީ އެހީ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވީ ބޭރުގައުމުތަކުން ރާއްޖެއަށް ދޭ އެހީތަކުން އެނގިގެންދަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ މިންވަރު ކަމަށެވެ. އަދި ގަައުމުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެނީ ރައީސްގެ ހިކުމަތްތެރި ވިސްނުންފުޅުގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވިއެވެ.



މިނިސްޓަރު ޝާހިދު ވިދާޅުވީ އިންޑިޔާގެ އެހީއަކީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރާއްޖެ ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ވަގުތުތަކުގައި އިންޑިއާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށެވެ. އެގޮތުން ކޮވިޑް-19އިގެ ބަލިމަޑުކަން ފެތުރުނު ވަގުތު ވެސް އިންޑިއާގެ ދީލަތި އެހީތެރިކަން ރާއްޖެއަށް ލިބުނުކަން ފާހަގަކުރައްވައި ޝާހިދު ވަނީ އެގައުމަށް ޝުކުރު އަދާކުރަށްވާފަައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިޔާ އިން މިއަދު ދިން ލޯނު އެހީއަކީ މިއަހަރުގެ އޮގަސްޓް މަހުގެ 1 އިން 4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއިއެކު ކުރެވުނު މަޝްވަރާއެއްގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދިޔަ އެހީތެރިކަމެއް ކަމަށެވެ.

އިންޑިޔާ އިން ރާއްޖެއަށް ދޭ 100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެން ކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން