ސާބިތުކަމާއެކު ސިޔާސީ މަސައްކަތުގައި ހުންނަވާނެކަމަށާއި، ހެޔޮ ވެރިކަމަކަށް ކުރާ އުއްމީދު ނުހުއްޓުވޭނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވެފައި މިވަނީ އޭނާއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން ސައުދު ވިދާޅުވީ ހަސަދަވެރީންގެ ހަސަދަތަކާއި ފިތުނަ ވެރީންގެ ފިތުނަތަކާއި ނުބައި ރޭވުން ރާވާ ނުކުރާ އެތައް ކަމެއް، އެތައް ވާހަކައެއް ދައްކާ ބޮލުގައި އަޅުވަން ކުރަމުންދާ މަސައްކަތް ކާމިޔާބެއް ނުވާނެއެވެ. އަދި ސާބިތުކަމާއެކު ސިޔާސީ މަސައްކަތުގައި ހުންނަވާނެކަމަށާއި، ހެޔޮ ވެރިކަމަކަށް ކުރާ އުއްމީދު ނުހުއްޓުވޭނެކަމަށްވެސް ސައުދު ވިދާޅުުވިއެވެ.



ސައުދަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ އިތުރުން، ރައީސް ސާލިހުގެ ސަރުކާރު ޕްރޮމޯޓްކޮށް، ރައީސް ދިފާއު ކުރައްވަން އެންމެ ބުރަކޮށް މަސައްކަތްކުރަށްވާތަން ފެންނަ އެކަކެވެ. ސައުދުގެ އެ މަސައްކަތްތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން އޭނާއަށް އަމާޒުވާ ފާޑު ކިޔުންތައް ގިނައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން