ވަކި ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވުމަށްފަހު އެޕާޓީއެއްގެ ގަވާއިދާ ޚިލާފުވުމަކީ މެމްބަރު ކަމަށް ހޮވަން މަސައްކަތް ކުރި މެމްބަރުންނަށް ޣައްދާރުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ ތެރެއިން ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ ފެކްޝަނާ ފެއަށް ޖެހި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ގުޅިވަޑައިގެންފައިވާ ކަމަށް ސޯޝަލް މީޑިއާގައި ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މީކާއިލް އަހްމަދު ނަސީމަށް ކުރި ތުހުމަތުތަކަށް އޭނާ ދިން ރައްދަކާއި ގުޅިގެންނެވެެ. މީކާއިލް ވިދާޅުވީ ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އޭނާ އަބަދުވެސް ގަބޫލުކުރައްވާ އުސޫލު ކަމަށެވެ.



އެކަމާ ގުޅިގެން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވީ ސަރުކާރުގެ ކެންޑިޑޭޓް ކަމަށް ބުނެ ޕާޓީގެ ޓިކެޓްގައި ހޮވުނު މެމްބަރުން ޕާޓީގެ ގަވާއިދާ ޚިލާފުވުމަކީ އެ މެމްބަރުން އިންތިޚާބު ކުރުމަށް ވޯޓް ދިން މެމްބަރުންނަށާއި އެކަމުގައި މަސައްކަތް ކުރި މީހުންނަށް ޣައްދާރުވުން ކަމަށެވެ. އަދި ޕާޓީއަކީ އެތަށް ހާސް ބަޔެއްގެ ބޮޑު މިލްކިއްޔާތެއް ކަމަށް ނިހާދު ވިދާޅުވިއެވެ.

"ޕާޓީއަކަށް ވުރެ އެކަކުން ވެސް ބޮޑެއް ނުވާނެ،" ނިހާދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށައެޅި ބަޖެޓް ފާސްކުރުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައިވަނިކޮށް އެޕާޓީގެ ހަތް މެމްބަރަކު ވަނީ އެ ވިޕާ ހިލާފަށް ވޯޓް ދެއްވާފައެވެެ. ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެ މެމްބަރުން ޕާޓީގެ ގަވާއިދާ ޚިލާފުވެފަައިވާތީ އެމެމްބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން