ތިލަފުށީ ފަޅުތެރޭގައި ހުރި ގިނަ އަދަދެއްގެ ކުނި އޮޔާދާތީ އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެމްކޯއިން އިލްތިމާސްކޮށްފިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ބުނީ އަދި މިދުވަސްވަރު އޮއި ހުރި ގޮތުން ކުނިތައް ފަޅުތެރެއިން ބޭރުވެ، އޮޔާދާކަމަށެވެ. އެސަރަހައްދުގެ ކަނޑަށް ކުނި ބޭރުވުމުގެ ފުރުސަތު ކުޑަކޮށް، ކުނިތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ވެމްކޯއިން ބުނެއެވެ.



ތިލަފުށްޓަކީ މާލެ ސަރަހައްދާއި މާލެ ސަރަހައްދުގެ ރިސޯޓްތަކާއި އަދި އެހެން ބައެއް ރަށްރަށުގައި އުފެދޭ ކުނި ޖަމާކުރާ ސިނާއީ ރަށެކެވެ. އެގޮތުން ތިލަފުއްޓަށް ދުވާލަކު 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި މާލެއާއި އެކި ސަރަހައްދުތަކުން ޖަމާކުރެއެވެ. މިގޮތަށް ތިލަފުށްޓަށް ޖަމާކުރާ ކުނި އެރަށު ފަޅުތެރޭގައި ހުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން