އެމްޑީޕީގެ އިސްލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީ ވަންތަ ވެެރިކަން ހިންގަަވަން ފަރިތަ ނަމޫނާ ވެރިއެއް ކަމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު (އިއްސެ) ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢިލް އަޙްމަދު ވިދާޅުވީ ރައީސް ސޯލިހަކީ އެމްޑީޕީ ވަންތަ ވެެރިކަން ހިންގަަވަން ފަރިތަ ނަމޫނާ ވެރިއެއް ކަމަށެވެ.

މެމްބަރު އިސްމާއިލް ވިދާޅުވީ ލިޔެވިފައި އޮންނަ ހަމަތަކާއި އުސޫލުތައް "އޮޅާލައި،" ވަކި މީހެއްގެ އަމިއްލަ އެދުން އިސްކުރި އެޖެންޑާއެއް ވަށައި އެނބުރެން ބުނުމަކީ ނަމުރޫދު ސްޓައިލް އޯކޭކަމަށް ބުނުން ކަމަށެެވެ. އަދި ރައީސް ސާލިޙުގެ ވެރިކަމުގެ ހަތަރު އަހަރު ތެރޭގައި ދުވާފަރު ދާއިރާގެ ތަރައްގީއަށް ކޮށްދެއްވާފައިވާ މަސައްކަތްތައް އިއްސެ ވަނީ ފާހަގަކުރަށްވާފައެވެ.





އިއްސެ ވިދާޅުވީ އެބޭފުޅުންނަށް ދެއްވި ރިސްވަތަކީ އެއީ ކަމަށެެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެެޕާޓީގެ ޕްރައިމަރީގައި ވާދަކުރަށްވާނެ ކަން އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއުލާން ކުރަށްވާފައެވެ. އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ނިއްމަވައި އަންނަ ހުކުރު ދުވަހު ގދ. ތިނަދޫގައި ޕްރައިމަރީ ކެމްޕޭން ފެށުމަށް ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން