ރައީސް މައުމޫންގެ އެމް.އާރު.އެމް.ގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރަމުންދާ ޝިމާޒް ޢަލީއަށް ޙަމަލާދިން މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ޝިމާޒަށް ޙަމަލާދިނީ މިމަހުގެ 18 ވަނަ ދުވަހުގެރޭ 9.30 އެހާކަންހާއިރު ޝިމާޒު ގެއިން ނުކުމެގެން ގޮސް ސައިކަލަށް އެރިވަގުތުގައެވެ. 2 މީހަކު އައިސް ޝިމާޒު ހިފަހެއްޓުމަށް ފަހު އަތުން ހަށިގަޑުގެ އެތަން މިތަނަށް ޙަމަލާ ދިންކަމަށް ޝިމާޒްވަނީ ވިދާޅުވެފައެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުންގެ އޮފިޝަލް ވިދާޅުވީ ޝިމާޒަށް ހަމަލާ ދިން މައްސަލައިގައި މިމަހުގެ 22 ވަނަ ދުވަހު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއްކަމަށާއި، އޭނާގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޙަމަލާއާ ގުޅޭގޮތުން ޝިމާޒު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާއަށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި އެކަން ކުރުމުގެ ކުރިން އެކިގޮތްގޮތުން އެތައް އިންޒާރެއް ދީފައިވާ ކަމަށްވެސް ޝިމާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން