ކުޑަ އަންހެން ކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
4 އޭޕްރީލް، 2020 ގައި ކ. މާފުށި ނަސްރީރުގެ، މުހައްމަދު ޝައިބާން ހައްޔަރުކުރީ ކުޑަކުއްޖާ ދިރިއުޅޭ ގޯތި ތެރޭގައި ވަކިން ހަދާފައި ހުރި ކޮޓަރިއެއްގެ ތެރެއަށް އެ ކުއްޖާ ގެންދިއުމަށް ފަހު ޖިންސީ ގޯނާ ކުރި މައްސަލައެއްގަ އެވެ.
އޭނާގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާއަށް އޭނާ ވަނީ އިންކާރު ކޮށަފައެވެ. ނަމަވެސް ދަޢުލަތުން ވަނީ ދަޢުވާ ސާބިތުކުރުމަށް ހެކިންގެ ހެކިބަހާއި އިތުރު ޤަރީނާ ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަސް އެތެރެފުށުންނާއި ބޭރުފުށުން އެއްގޮތްކަމާއި، ޝައިބާންއާ ގުޅޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުބައި ނިޔަތެއް ޝަކުވާކުރި ކުއްޖާގެ ކިބައިގައި އޮތްކަން އެނގެން ނެތަތީ، އެ މައްސަލައިގައި ޝަކުވާކުރި ކުއްޖާގެ ހެކިބަހަކީ އާދަޔާ ޚިލާފަށް ތެދު ހެކިބަހެއްގެ ގޮތުގައި ޝަރީޢަތަށް ޤަބޫލުކުރެވޭކަމަށް އިއްޔެ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވެއެވެ.
އެހެންކަމުން ކޯޓުން ނިންމާފައިވަނީ ޝައިބާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށެވެ.
މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޝައިބާން ދިހަ އަހަރަށް ޖަލަށް ލުމަށް އެ މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ހުކުމް ކުރެއްވިއެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދެން ތަންފީޒު ކުރަން ޖެހޭނީ ހަތް އަހަރާއި ހަތަރު މަސް ދުވަސް ކަމަށް ވެސް އެ ހުކުމްގައިވެއެވެ.
މީގެއިތުރުން އޭނާގެ މައްޗަށް އުފުލި އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ވެސް ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އޭނާއަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ކިޔުންތެރިންގެ ހިޔާލު