މިސަރުކާރުން މިހާރު ތަރައްގީ ކުރަމުންދާ ޓާޝަރީ ހޮސްޕިޓަލްތަކުގައި ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ނަފްސާނީ ސިއްޙަތަށް ހޭންތެރިކުރުމުގެ ޤައުމީ ކެމްޕެއިން އިފްތިތާހު ކޮށްދެއްވައި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމު ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނާނީ، މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރެވިގެންކަމަށެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ނަފްސާނީ ފަރުވާދޭ މަރުކަޒެއް ފުރަތަމަވެސް ގާއިމު ކޮށްފައިވަނީ މި ސަރުކާރުން ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގައި ގާއިމުކުރި ނަފްސާނީ ބަލިތަކާ ގުޅޭ ސެންޓަރުގެ ވާހަކަ ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުން މިހާރު މިސްރާބު ޖަހާފައިވަނީ، އަތޮޅުތަކުގައި ނަފްސާނީ ބަލީގެ ފަރުވާ ފެށުމަށް ކަމަށާއި އެގޮތުން އެންމެ މުހިންމު އެއް ކަމަކީ ބަލީގެ ކުރީކޮޅު ދެނެގަނެ، އެމީހުންނަށް ބޭނުންވާ އަވަސް ފަރުވާ، އެމީހަކު ދިރިއުޅޭ ހިސާބަކުން ލިބޭނެގޮތް ހަމަޖެއްސުންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ތަރައްގީ ކުރާ ޓާޝަރީ ހޮސްޕިޓަލްތަކުގައި ނަފްސާނީ ބަލީގެ ފަރުވާ ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކުގައި ކައުންސިލިންއާއި ތެރަޕީގެ އިންތިޒާމްތައް އަދި ޕްރައިމަތީ ކެއަރގެ ހިދުމަތް މިހާރުވެސް ދަނީ ހަމަޖައްސަމުން ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ދަނީ ރާއްޖޭގެ 7 ހޮސްޕިޓަލެއް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަމުންނެވެ.
ނަފްސާނީ ސިއްހަތަށް ހޭލުންތެރި ކުރުމުގެ ކެމްޕޭނަކީ ނަފްސާނީ ބަލިތަކަށް މީހުން ހުށައެޅޭ ހިރާސްތައް ދެނެގަނެ އެކަންކަން މަދުކުރުމަށް މުޖުތަމަޢު ހޭލްތެރިކުރުމަށް ކުރިއަށްގެންދާ ގައުމީ ކެމްޕެއިނެކެވެ.

ކިޔުންތެރިންގެ ހިޔާލު