ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ ހަނދާނުގައި ޗައިނާ އެމްބަސީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ސޮއިކުރައްވައިފިއެވެ.

ޗައިނާގެ ކުރީގެ ރައީސްގެ ތައުޒިޔާގެ ދަފުތަރުގައި ސޮއިކުރަށްވައި ޝާހިދު ލިޔުއްވި ބަޔާނުގައި، އެ ދަފުތަރުގައި ސޮއިކުރެއްވުމަކީ ލިބިވަޑައިގަންނަވާ ފަޚުރެއް ކަމަށް ވިދާޅުވެ ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވިއެެވެ. އަދި ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ ޒައާމަތުގައި ރާއްޖެއާއި މެދު ބޭއްވެވި ގާތްގުޅުމާއި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ކުރަށްވާފައިވާ މަސައްކަތްޕުޅު ޝާހިދު ވަނީ ފާހަގަކުރަށްވާފައެވެ.





ޗައިނާގެ ކުރީގެ ރައީސްގެ ތައުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިއަދު ވަނީ ސޮއިކުރަށްވާފައެވެ. ތައުޒިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޒައާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައްވެސް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ޒައާމަތުގައި، ޗައިނާއިން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތައްވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު