އެސްޓަންވިލާ އާއި ޗެލްސީ ބައްދަލުކުރި މެޗްގެ ތެރެއިން
އެސްޓަންވިލާ އާއި ޗެލްސީ ބައްދަލުކުރި މެޗްގެ ތެރެއިން
އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގައި ފަސް ޕޮއިންޓްގެ ލީޑަކާއެކު ޗެލްސީ ހަމަޖެހިލައިފިއެވެ.

ރަށުންބޭރުގައި ރޭ އެސްޓަންވިލާ އާއި ޗެލްސީ ބައްދަލުކުރި މެޗް ޗެލްސީ ކާމިޔާބު ކޮށްފައިވަނީ، އެސްޓަން ވިލާ އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައެވެ. މި މެޗް ޗެލްސީން ކާމިޔާބުރީ 1-2 އިންނެވެ.

ރޭގެ މެޗްގައި އެސްޓަން ވިލާ އަށް ލީޑް ނަގައިދީފައިވަނީ މެޗްގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އިނގިރޭސި ޑިފެންޑަރު ކޯނޭ ހައުސޭ އެވެ. ޗެލްސީން އެ ޓީމްގެ ފުރަތަމަ ލަނޑު ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކުރީ މެޗްގެ 60 ވަނަ މިނެޓްގައި އެ ޓީމަށް ކުޅެމުން އަންނަ އެމެރިކާގެ ތަރި ކްރިސްޓިއަން ޕްލިސިޗް އެވެ. ޗެލްސީން އިތުރު ލަނޑެއް ޖަހައި މެޗްގެ ލީޑް ނެގީ، ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓްވެސް ނުވަނީސް ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑް ޖެހި ގޯލުންނެވެ.

ޕްރިމިއަރ ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ ޗެލްސީން އަމިއްލަ ދަނޑުގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާ ދެކޮޅަށެވެ. ޗެލްސީ މިވަގުތު އޮތީ 51 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރުވަނައިގައެވެ. ގަދަ ހަތަރަކަށް އެރުމަށް ޗެލްސީ އާ ވާދަކުރާ، މެންޗެސްޓަރ ޔުނައިޓެޑާއި ޗެލްސީ އާ ދެމެދު 5 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މި ދެޓީމަށްވެސް ލީގުގައި ބާކީ އޮތީ 8 މެޗެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން