މިއަހަރު ދައުލަތަށް 24.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވާއިރު މިއަހަރުގެ މިހާތަނަށް 24.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ އާމްދަނީގެ ގޮތުގައި 24.79 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ހަރަދު ވަނީ 33.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މި އަދަދުތަކަށް ބަލާއިރު އާމްދަނީގެ ގޮތުގައި ލިބިފައިވާ 24.7 ބިލިއަން ރުފިޔާއަކީ މިއަހަރު ލިބޭނެކަމަށް ލަފާކުރި 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި މިމަހުގެ އާމްދަނީއާއެކު މި އަދަދު އިތުރުވެގެންދާނެކަމަށް ލަފާކުރެވެއެވެ.
މިހާތަނަށް ދައުލަތުގެ ހަރަދުތަކަށް 33.4 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު މިއީ މިއަހަރު ހަރަދުވާނެކަމަށް ލަފާކުރި 39.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ދައުލަތަށް ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 17.9 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިއަހަރުގެ މިހާތަނަށް ލިބޭނެކަމަށް ލަފާކުރި 15.03 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިއަހަރަށް ބަޖެޓްކުރި 6.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ރިކަރަންޓް ހަރަދަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 25 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ އެކަމަށް ބަޖެޓްކުރި 28.1 ބިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ. އަދި ކެޕިޓަލް ހަރަދަށް 8.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު މިއީ އެކަމަށް ބަޖެޓްކުރި 11.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރުވެސް މަދު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު