ހުޅުމާލެ ބްރިޖް މަތިން ފުންމާލަން އުޅުނު ކުއްޖަކު ސަލާމަތްކޮށްފިއެވެ.

މިއަދު ހިނގި މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، މިކަން ހިނގާފައިވަނީ މިރޭ އިރުއޮއްސި ހައެއް ޖަހާކަންހާއިރު ކަމަށެވެ. އަދި ބްރިޖްމަތިން ފުންމާލަން މަސައްކަތްކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކު ކަމަށާއި އެކުއްޖާ މިހާރު ހުރީ ޖެންޑާގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި، އެކުއްޖާ ސަލާމަތްކޮށްފައިވަނީ ފުލުހުންނާއި އެ ސަރަހައްދުގައި ތިބި ބައެއް މީހުންގެ އެހީތެރިކަމާއެކުއެވެ.

އަމިއްލައަށް ބްރިޖުމަތިން ފުންމާލަން އުޅުމަކީ މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ކުރަން އުޅެފައިވާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު