ބްރިޖް ޕްލެޓްފޯމެއް އަރައި ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން އިންޑިއާގެ އެފްކޮން ކުންފުންޏަށް ކުރި ޖޫރިމަނާ އިސްތިއުނާފުކޮށްފި އެވެ.
ތިލަމާލެ ބްރިޖް މަސައްކަތުގެ ތެރެއިން ބްރިޖް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާ އިންނެވެ.
އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މިދިޔަ މަހުގެ 13 ގައި އެކުންފުންޏަށް އަންގާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވަނީ ބުނެފައެވެ.
ޖޫރިމަނާގެ މައްސަލަ އެފްކޮންގެ ފަރާތުން ބުރާސްފަތި ދުވަހު އިސްތިޢުނާފް ކޮށްފައިވާއިރު މީގެ ކުރިން އެކުންފުނިން ވަނީ ޖޫރިމަނާގެ މައްސަލަ މުރާޖައާކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އަށް ވެސް ހުށަހަޅާފައެވެ.
އެފްކޮންސް ޖޫރިމަނާކުރީ ޕްލެޓްފޯމެއް ފަރަށް އަރައި ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކުގެ ސާވޭއެއް ވެސް އީޕީއޭ އިން ހެދުމަށް ފަހު ކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން ފަރުގެ 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.
ބްރިޖް ހަދާ ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ޕްލެޓް ފޯމް ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު