ސަމްޕްޑޯރިއާ އަތުން އިންޓަ މޮޅުވި މެޗުގެ ތެރެއިން
ސަމްޕްޑޯރިއާ އަތުން އިންޓަ މޮޅުވި މެޗުގެ ތެރެއިން
އިޓާލިއަން ލީގު އަލުން ފަށައި އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗުން ސަމްޕްޑޯރިއާ އަތުން މޮޅުވެއްޖެއެވެ.

ކޯވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ، އިޓާލިއަން ލީގުގެ ކުޅުން އަލުން ފެށިއިރު، އާދީއްތަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ސަމްޕްޑޯރިއާ އަތުން އިންޓަ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 10 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަންގެ އެހީއާއެކު އިންޓައަށް ލީޑު ނަގައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮމެލޫ ލުކާކޫއެވެ. އިންޓަރ ގެ ދެވަނަ ގޯލް މެޗުގެ 33 ވަނަ މިނެޓުގައި އެންޓޯނިއޯ ކަންދްރޭވާ ތަނަވަސްކޮށްދިން ފުރުސަތަކުން އިންޓައަށް ޖަހައިދިނީ ލަޓާރޯ މާޓިނޭޒްއެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މޯޓެން ތޯސްބީ ގެ ގޯލުން ސަމްޕްޑޯރިއާއިން މެޗުގެ ފަރަގު ކުޑަކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައެވެ.

އިންޓަ މިވަގުތު އޮތީ 26 މެޗުން 57 ޕޮއިންޓު ހަމަކޮށް ޕޮއިންޓް ތާވަލްގެ ތިން ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި 26 މެޗުން 63 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު، ދެވަނައިގައި 26 މެޗުން 62 ޕޮއިންޓާއެކު އޮތީ ލާޒިއޯއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން