ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އައްޑޫ ފްލައިން ސްކޫލްގެ ދަރިވަރުންނާ ބައްދަލު ކުރަށްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އައްޑޫ ގަމުގައި މިހާރު ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުންނާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރަށްވާފައިވަނީ އެމަނިކުފާނު މިހާރު އައްޑޫ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.
މިބައްދަލުވުމުގައި ނައިބު ރައީސް ވަނީ އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވަރު ދަރިވަރުންނާ ޙިއްސާ ކުރަށްވާފައެވެ. އޭގެ އިތުރުންވެސް ދަރިވަރުންގެ ޝަކުވާތައް އައްސަވައި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ޤައުމީ ފްލައިން ސްކޫލެއް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.
ކުރިން އައްޑޫގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކާ އެކު މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.

Vice President @FaisalNasym met with officials of @Ganairportco and students of the flying school as part of his current visit to Addu City. At the meetings, the Vice President spoke about the administration’s plans to develop the aviation industry further. pic.twitter.com/0IO977Ew2Q
— The President's Office (@presidencymv) December 15, 2022
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ޤައުމީ ފްލައިން ސްކޫލެއް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.
ކުރިން އައްޑޫގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކާ އެކު މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.
ކިޔުންތެރިންގެ ހިޔާލު