މާލޭ ސަރަހައްދުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއް ގައި ބުނެފައި ވަނީ މާލޭ ސަރަޙައްދުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާ ކުރުމަށް އެ މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.



އެގޮތުން މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމު ހުށައެޅުމުގެ ފުރުސަތު މިމަހުގެ ބާވީހުން ފެށިގެން ހުޅުވާލާނެ ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ. ފޯމް ހުށައެޅުމުގެ ސުންގަޑި އަކީ އަންނަ ޖެނުއަރީ މަހުގެ ނަވާރައިގެ ނިޔަލަށް ކަމަށް މިނިސްޓްރީ އިން ބުނެއެވެ. ފޯމް ހުށައެޅޭނި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00އިން މެންދުރު 12:00އަށެވެ.

އެ މިނިސްޓްރީ އިން ބުނީ މި ފުރުސަތަކީ މިހާރު އޮތް ދަފްތަރުގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. ނަމަވެސް ދަފްތަރުގައި ރެޖިސްޓްރީވެފައިވާ އާއިލާގައި 19ޖެނުއަރީ 2023އަށް، 18އަހަރު ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރެއްޖެނަމަ އެފަދަ އާއިލާތަކުން އަލުން ފޯމް ހުށައަޅަންޖެހޭނެކަމަށް އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައިވެއެވެ.

މާލޭސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީގެ ކައުންޓަރުންނެވެ.

1443 ވަނަ އަހަރު މުޅިރާއްޖޭގައި ތިބީ 9041 ފަގީރުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން