އަހުމަދު މަސްނޫމް   17 ޑިސެމްބަރު 2022 - 16:35
ހާއްސަ ފިޔަވަޅުތަކެއް އަޅައިގެން ދައުލަތުގެ ދަރަނި ކުޑަކުރަން ސަރުކާރުން މަސައްކަތްކުރަންޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ އެކި ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އިގްތިސާދު އިއާދަވަމުންދާކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލިވެވިފައިވާކަންވެސް ޝަރީފް ފާހަގަކުރެއްވިއެެވެ.

ޝަރީފް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑު ހިއްސާއާކާއެކު އަންނަ އަހަރުވެސް ރާއްޖޭގެ އިގްތިސާދު 7 އިންސައްތަ ކުރިއަރާނެކަމަށެވެ. އަދި ކޯވިޑްގެ ކުރިން އިގްތިޞާދު އޮތް ހިސާބަށް ގެންދެވޭގޮތަށް ސިޔާސަތުތައް އެކަށައަޅަން ސަރުކާރުން އިސްކަންދެއްވާކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.



ޝަރީފް ވިދާޅުވީ އިގްތިސާދު އިއާދަވުމުގެ މަގުމަތީގައި އުޅޭއިރު އިތުރު ގޮންޖެހުންތައްވެސް އިގްތިސާދަށް ކުރިމަތިވަމުންދާކަމަށެވެ. އަދި މިކަންކަމާއި ސަރުކާރުން ކުރިމަތިލާންޖެހޭނީ ވިސްނުންތެރިކަމާއެކު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި ހިސާބަކަށް ތިރިކުރުމަށް މާލީ ފިޔަވަޅުތައް އަޅަންޖެހޭކަންވެސް ޝަރީފް ފާހަގަކުރެއްވިއެެވެ.



ދައުލަތުގެ ދަރަނި ބޮޑުވަމުންދާއިރު ސަރުކާރުން ބުނަނީ ދަރަނި ދެއްކުމުގެ ގާބިލްކަން ސަރުކާރުގައި އެބަހުރިކަމަށެވެ. އަދި ދަރަނި ނުދެއްކިގެން ގައުމު ބަނގުރޫޓްވާ ހާލަތަށް ނުދާނެކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ދަރަނި

22-Feb-2023

ދަރަނިކުޑަކުރެވޭނީ މަވޯޓާޝަރީފުމެނައް ތިކުރާ ޚަރަދުތަައް ކުޑަކުރަން އަމިއްލައަށް ބޭނުންވެގެން މަސައްކަތްކުރީމަ އެހެންނޫން ނަމަ ތީވެސްވާނީ ރައްޔިތުން ވާވެއްދުމައް ކުރެވޭނެ އިތުރުމަސައްކަތަކައް



ޓްރެންޑިން