ގުޅިފަޅުގައި މުޒާހަރާކުރަމުންދާ އެފްކޮންސްގެ މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ހައްލުކުރަން ދަނީ މަސައްކަތް ކުރަމުންކަމަށް ބްރިޖުގެ ކަންކަން ބަލަހައްޓާ އޮފީހުން ބުނެފިއެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ގުޅީފަޅުގައި މިއަދު ވަނީ މުޒާހަރާކޮށްފައެވެ. އަދި އެކަމުގެ ތެރެއިން ހަމަނުޖެހުންވެސް ހިންގާފައިވެއެވެ.

ބްރިޖުގެ ކަންކަން ބަލަހައްޓާ ޕްލޭނިންގ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މުޒާހަރާ ފެށުނީ ބުރާސްފަތި ދުވަހުގެ ރޭ އެ ކުންފުނީގެ މުވައްޒަފުން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެންކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި ތަކެތި އެނދުމާ ގުޅިގެން ނުރުހުން ފާޅުކޮށްފައިވާ ކަމަށާއި އެފްކޮންސްގެ އޮފިޝަލުން މިހާރު ދަނީ އެކަން ހައްލުކުރަން މަސައްކަތް ކުރަމުންކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގުޅިފަޅުގައި ތިބި އިންޑިއާ މީހުން މުޒާހަރާކުރާތީ ފުލުހުންވެސް ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން