ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޮންސްގެ އެކެމަޑޭޝަން ބްލޮކެއްގައި އިއްޔެރޭ ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެތަނުގައި އުޅުނު އެކަކު މަދުކަން ފާހަގަވެގެން ހޯދަން ފަށައިފިއެވެ.

ބްރިޖު މަޝްރޫއުގެ މަސައްކަތްތައް ވިލަރެސްކުރުމަށް ޕްލޭނިން މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ، އެތަނުގައި އުޅެމުންދިޔަ އެކަކު މަދުކަން ފާހަގަކުރެވިގެން ކަމާއިގުޅޭ ފަރާތްތަކާއިއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ގެއްލިގެން ހޯދަމުންދާ މީހާގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، އެ މައުލޫމާތު އަދި އާންމު ކުރާނެކަމަށް އެ ބުރިޖު އޮފީހުންވަނީ ބުނެފައެވެ.

އެފްކޮންސްގެ އެކަމަޑޭޝަން ބްލޮކްގައި 460 މުވައްޒަފުން ދިރިއުޅެމުން ދެއެވެ. އެރޭ ހިނގި އަލިފާނުގެ ހާދިސާގައި 70 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން