ޒަހީނުއްދީން ސަޢީދު   17 ޑިސެމްބަރު 2022 - 23:49
އެމްޑީޕީގެ މަތި އުތުރު ދާއިރާގެ ރައީސް ކަން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ކާމިޔާބު ކުރަށްވައިފިއެެވެ.

ހއ، ހދ. އަދި ށ އަތޮޅު ހިމެނޭ މަތި އުތުރު ދާއިރާގެ ރައީސްކަމުގެ މަގާމު ހުސްވެފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވުމާ ގުޅިގެންނެވެ. އެދާއިރާގެ ރައީސްއަކު އިންތިޚާބުކުރުމަށް މިއަދު ބޭއްވި އިންތިޚާބު އަކްރަމް ކަމާލުއްދީން ވަނީ ކާމިޔާބުކުރަށްވާފައެެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އަކްރަމް ވިދާޅުވީ މުސްތަގުބަލްގައި އޭނާ މަސައްކަތް ކުރާނީ އެޕްރޮވިންސްގެ ރައްޔިތުންނާއި މެމްބަރުންނާއި އެންމެ ގާތުން ކަމަށެވެ. އަކްރަމް ވަނީ އޭނާ އަށް ވޯޓްދިން ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރަށްވާފައެވެ.



އެ މަގާމަށް އަކްރަމްއާއެކު ދެން ވާދަކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލް އަދި ހެރިޖޭޓް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އެވެ. މި އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވުމުން އޭނާ އަށް އެ ޕާޓީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ވަނީ މަރުހަބާ ކިޔާފައެވެ.

ރާއްޖެ ޓީވީގެ ޗެއާމަން އަކްރަމް ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި މާލޭ ދާއިރާގެ ރައީސްގެ މަގާމަށް ވާދަކުރަށްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން