ރާއްޖޭގެ އެންމެބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭއިން ދޭ ހިދުމަތްތަކުން ނަގާ އަގު ބޮޑުތަނުން އިތުރު ކުރުމަކީ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް އޭގެ ސަބަބުން ކުރިމަތިވާނެ ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

އޭޑީކޭއިން ވަނީ ކޮވިޑުގެ ސަބަބުން 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ގުޅިގެން ތަކެތީގެ އަގު އުފުލި ހިދުމަތް ދިނުމަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ކަމަށްބުނެ އެ ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މި ނިންމުމާއި ގުޅިގެން ސައުދުﷲ މިއަދު ވިދާޅުވީ، އިގުތިސާދީ ބޮޑެތި ޗެލެންޖުތައް ހުރި ދަނޑިވަޅެއްގައި އޭޑީކޭގެ އަގުތައް 100 އިންސައްތަ ބޮޑުކުރުމަކީ ގައުމުގެ އެތައް ރައްޔިތުންނަކަށް ދަތި އުނދަގޫވާނެ ކަމެއްކަމަށެވެ. އަދި ސަރުކާރުން ހެޔޮ އަގުގައި ނަގާފައި އޮތް ބިމެއްގައި ތިބެގެން އެކަން އެގޮތަށް ކުރެވިގެން ނުވާނެކަމަށްވެސް ސައުދުﷲ ވަނީ ވިދާޅުވެފައެވެ.



އޭޑީކޭއިން އަގުތައް ބޮޑުކުރުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން