ކްރޮއޭޝިއާއަށް ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދައިދިނުމަށްފަހު، އެޓީމްގެ ކެޕްޓަން ލުކާ މޮޑްރިޗް ރާއްޖެ އަތުވެއްޖެއެވެ.
ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ މޮޑްރިޗް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއަށް އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ޗުއްޓީ ހޭދަކުރަނީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައެވެ.
އުމުރުން 37 އަހަރުގެ މޮޑްރިޗް ވަނީ ކްރޮއޭޝިއާއަށް 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ރިހި މެޑައްޔާއި، މިއަހަރުގެ ވޯލްޑް ކަޕްގެ ލޯ މެޑަލް ހޯދައިދީފައެވެ. މޮޑްރިޗް އަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބެލެންޑިއޯ އެވޯޑް ވެސް އެ އަހަރު ކާމިޔާބުކޮށްފައެވެ.
މިފަހަރުގެ ވޯލްޑް ކަޕަށް ފަހު، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން މޮޑްރިޗް ނިންމާފައިވާއިރު މޮޑްރިޗް ގެންދަނީ ރެއާލް މެޑްރިޑްގައި ކާމިޔާބު ކެރިއަރެއް ވޭތުކުރަމުންނެވެ.
ކްރޮއޭޝިއާގެ ތާރީހުގައި އެ ގައުމުގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ މޮޑްރިޗަކީ އެ ގައުމަށް ފަސް ވަނައަށް އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 162 މެޗުގައި 23 ގޯލު ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު