ކުޅިވަރު އެކުވެނީގައި އޮންނަ ދުވާ ޓްރެކް 24 އަހަރަށް ފަހު އައު ކުރުން ފެށުމުގެ ރަސްމިއްޔާތު
ކުޅިވަރު އެކުވެނީގައި އޮންނަ ދުވާ ޓްރެކް 24 އަހަރަށް ފަހު އައު ކުރުން ފެށުމުގެ ރަސްމިއްޔާތު
ކުޅިވަރު އެކުވެނީގައި އޮންނަ ދުވާ ޓްރެކް 24 އަހަރަށް ފަހު، މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިކަން ހާމަ ކުރައްވައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 1996 ވަނަ އަހަރު އަލަށް ހެދި އެކުވެނި ޓްރެކް 24 އަހަރު ފަހުން އާ ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމުގައެވެ.

މިނިސްޓަރުގެ ޓްވީޓުގައި "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން އެ މަސައްކަތް ކޮށްދެއްވާ އާރުކޭއެލް ކުންފުންޏަށް ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި، އެކަމުގެ ސަބަބުން އެކުވެނި ޓްރެކް ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު މަޙުލޫފް ފާހަގަކުރެއްވިއެވެ.

ކުޅިވަރު އެކުވެނީގައި އޮންނަ ދުވާ ޓްރެކަކީ، މާލޭގައި ދިރިއުޅެމުންދާ ގިނަބަޔަކު ކަސްރަތުކުރުމަށް ބޭނުންކުރަމުންދާ ޓްރެކެކެވެ.

އެކުވެނީގައި އާ ޓްރެކެއް އެޅުމަށް ހަމަޖެހިފައިވަނީ، މިހާރު އޮތް ޓްރެކް އެއްކޮށް ނެގުމަށްފަހު، އެތަން އެއް ފޫޓަށް ކޮނެ، އަލުން ފަސްއަޅާ އެއްވަރު ކުރުމަށް ފަހުގައި ކަމަށާއި. އަދި، އެ މަސައްކަތް 25 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގައި އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން