އޮލިމްޕިކް ކޮމިޓީގެ ޕޯސްޓަރުގެ ފޮޓޯއެއް
އޮލިމްޕިކް ކޮމިޓީގެ ޕޯސްޓަރުގެ ފޮޓޯއެއް
މިއަދު ފާހަގަކުރާ ބައިނަލްއަޤުވާމީ އޮލިމްޕިކް ދުވަހާ ގުޅިގެން މީސް މީޑިއާގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ސެޓްފިކެޓެއް ދިނުމަސް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ނިންމައިފިއެވެ.

މިއަހަރުގެ އޮލިމްޕިކް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮލިމްޕިކް ކޮމިޓީން ވަނީ "ގެޓް އެކްޓިވް" މި ތީމްގެ ދަށުން ފޮޓޯ އާއި ވީޑިއޯ އޮލިމްޕިކް ކޮމިޓީގެ ހޭޝްޓެގް ބޭނުންކޮށް މީސް މީޑިއާގައި ޕޯސް ކުރުމަށް އެދިފައެވެ.



މި ހަރަކާތް މިމަހު 21 އިން 24 ވަނަ ދުވަހާ ހަމަޔަށް އިންސްޓަގްރާމް އަދި ފޭސްބުކް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ނިންމާފައި ވާއިރު، މިދުވަސް މިއަހަރު މީސް މީޑިއާގައި ފާހަގަކުރުމަށް ނިންމާފައިވަނީ، ކޯވިޑް-19 އާ ގުޅިގެން ގައިދުރުކޮށް މިދުވަސް ފާހަގަ ކުރުމުގެ ގޮތުންނެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ފޮނުވާ ފޮޓޯ އާއި ވީޑިއޯ އޮލިމްޕިކް ކޮމިޓީގެ އޮފިޝަލް ފޭސްބުކް ޕޭޖާއި އިންސްޓަގްރާމުގައި ޕޯސްޓުކުރުމަށް އެކޮމިޓީން ވަނީ ނިންމައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން