ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ޖަލަށްލާން ކުރި ހުކުމާއި ގުޅިގެން އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާއިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ހައްޔަރު ކޮށްފިއެވެ.
ރައީސް ޔާމީން މިނިވަން ކުރަން ގޮވާލާ މިރޭ އެއްވުން ފަށާފައިވަނީ މާފަންނު ގަޑިބުރު ކައިރިންނެވެ. ނަމަވެސް މުޒާހަރާ ފެށިތާ މާގިނައިރުތަކެއް ނުވަނީސް އެސްއޯ ފުލުހުން ގޮސް ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އަދި އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން އިސްވެ ތިއްބަވާ މަޖީދީ މަގާއި ސޯސަންމަގު ކަންމަތީ އަޑުއުފުލަމުން ދަނިކޮށް މެންބަރު ސައީދު ވަނީ ހައްޔަރު ކޮށްފައެވެ.
އިދިކޮޅުގެ މުޒާހަރާއިން ބަޔަކު ހައްޔަރު ކޮށްފައިވާއިރު އެ ކޯލިޝަނުން މިއަދުވެސް ބުނެފައިވަނީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ކުރާ މުޒާހަރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަ ކުރާނެކަމަށެވެ. އަދި އެކަން ފުލުހުންނަށް އަންގާފައިވާނޭ ކަމަށާއި ފުލުހުން ހުއްދަ ނުދިންނަމަވެސް އެ ފަރާތްތަކުން ތިބީ މުޒާހަރާ ކުރިއަށް ގެންދާގޮތަށް ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު