ޖީއެސްޓީ ރޭޓަށް އަންނަ ބަދަލާ ގުޅިގެން ޕާޗޭސް އޯޑަރުތަކަށް އަންނަ ބަދަލުތައް ހާމަކޮށް ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރެފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއިކުރައްވާ އެ މިނިސްޓްރީން ނެރުނު މާލިއްޔަތާބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ މިއަހަރު ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކަށް ހޯދާފައިވާ ހިދުމަތާއި ތަކެތީގެ ބިލްތައް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް އެކައުންޓިން ސިސްޓަމްގައި ޕޯސްޓް ކުރެވިފައި ނުވާނަމަ އެ ޕާޗޭސް އޯޑަރުތައް ސިސްޓަމުން ޑިލީޒްކުރުމުގެ ބަދަލުގައި އަންނަ އަހަރަށް ކެރީފޯވާޑް ކުރެވޭނެ ކަމަށެވެ.
އެގޮތުން ކެރީފޯވާޑް ކުރެވޭ ޕާޗޭސް އޯޑަރުތަކުގެ ހަރަދު ކެނޑޭނީ އަންނަ އަހަރުގެ ބަޖެޓުން ކަމަށް އެ ސާކިއުލާގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކެރީ ފޯވާޑް ކުރެވޭ ޕާޗޭސް އޯޑަރުތަކުގައި ޖީއެސްޓީ ހިސާބުކޮށްފައިވާނީ ޖީއެސްޓީ ބޮޑުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މިއަހަރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތަށް ކަމަށެވެ. އަދި މުދާ ނުވަތަ ހިދުމަތް ލިބިފައިވާ ޕީއޯތަކުގެ ތެރެއިން ޖެނުއަރީ އެކެއް، 2023 ގެ ކުރިން އިޝޫކުރާ އިންވޮއިސްތަކާއި އެ ތާރީހުގެ ކުރިން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާއިރު ޖެނެރަލް ޖީއެސްޓީ ހިސާބުކުރާނީ ހަ ޕަސެންޓްގެ ރޭޓުން ކަމަށާއި ޓީޖީއެސްޓީ ހިސާބުކުރާނީ 12 ޕަސެންޓްގެ ރޭޓުން ކަމަށް ފިނޭންސް މިނިސްޓްރީ އިން ނެރުނު ސާކިއުލާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މުދާ ނުވަތަ ހިދުމަތް ލިބިފައިވާ ޕީއޯތަކުގެ ތެރެއިން ޖެނުއަރީ އެކެއް، 2023 ވަނަ ދުވަހު ނުވަތަ އެ ދުވަހުގެ ފަހުން އިޝޫ ކުރާ އިންވޮއިސްތަކާއި ޖެނުއަރީ އެކެއް ނުވަތަ އެ ދުވަހުގެ ފަހުން އެ މުދަލުގެ ނުވަތަ ހިދުމަތުގެ އަގު އެކުގައި ނުވަތަ އެ އަގުން ބައެއް އަދާކުރާއިރު ޖެނެރަލް ޖީއެސްޓީ ހިސާބުކުރާނީ އަށެއް ޕަސެންޓް ރޭޓުން ކަމަށާއި ޓީޖީއެސްޓީ ހިސާބުކުރާނީ 16 ޕަސެންޓް ރޭޓުން ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ފިނޭންސް މިނިސްޓްރީން މިފަދަ ސާކިއުލާއެއް ނެރެފައިވާއިރު ދައުލަތުގެ ހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިން ސިސްޓަމްގައި މިއަހަރުގެ ނިޔަލަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކުގެ ތެރެއިން މުދާ ނުވަތަ ހިދުމަތް ލިބިފައިވާ ޕީއޯތަކުގެ ބިލްތައް މިމަހުގެ 31 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް ޕޯސްޓް ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު