މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މާލީ އަހަރުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ރަނގަޅަށް ކަމަށް 2021 ވަނަ އަހަރުގެ އެ އިދާރާގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެ އަހަރު އެމްއެންޑީއެފުން ހުރިހާ ހަރަދެއްވެސް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓާ އެއްގޮތަށް ކަމަށެވެ.

އަދި މައިގަނޑު ގޮތެއްގައި އެމްއެންޑީއެފުން 31 ޑިސެމްބަރު 2021 އަށް ނިމުނު މާލީ އަހަރުގެ ހަރަދުތައް ކޮށްފައިވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން އެމްއެންޑީއެފަށް ފާސްކޮށްދެއްވި ބަޖެޓުގެ މަގްސަދުތައް ހާސިލްވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިިވެއެވެ.

އަދި ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް ބަޖެޓްގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތު ގާނޫނާ ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ޚަރަދުތައް ކޮށްފައިވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު