ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަށް 807 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް 807.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ.
އެ އަދަދާއެކު މި އަހަރު ފަންޑަށް ޖަމާކުރެވޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އިތުރަށް، 38.4 މިލިއަން ރުފިޔާ ފަންޑަށް ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.
މިއަހަރު ނިމޭއިރު އެ ފަންޑަށް 769.2 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެެވެ.
މިހާރު ސޮވެރިން ޑިވްލޮޕްމަންޓް ފަންޑްގެ ސައިޒަކީ 5.7 ބިލިއަން ރުފިޔާކަމަށްވާއިރު ފަންޑްގެ ބޭންކް ބެލެންސަކީ 764 މިލިއަން ރުފިޔާ އެވެ.
އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގައި އުފެއްދި ފަންޑެކެވެ.
ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.
ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު